ޚުއްފު މަތީގައި ފެންފުހުން ޞައްޙަވުމުގެ ޝަރުޠުތަކަކީ ކޮބައިހެއްޔެވެ؟
- التصنيف الشرعي
- الفقهالطهارةالمسح على الخفين ونحوهما
- الباب / الفصل
- قسم الفقه
السؤال
س١٣: ما هي شروط صحة المسح على الخفين؟
ސ 13: ޚުއްފު މަތީގައި ފެންފުހުން ޞައްޙަވުމުގެ ޝަރުޠުތަކަކީ ކޮބައިހެއްޔެވެ؟
الجواب
ج:١. أن يلبس الخفين على طهارة، أي بعد وضوء.
لحديث المغيرة رضي الله عنه قال: كنت مع النبي صلى الله عليه وسلم في سفر، فأهويت لأنزع خفيه، فقال:
«دعهما فإني أدخلتهما طاهرتين». فمسح عليهما.
متفق عليه.
- أن يكون الخف طاهرًا، فلا يجوز المسح على النجس.
- أن يكون الخف ساترًا للمحل المفروض غسله في الوضوء.
- أن يكون المسح خلال المدة المحددة، للمقيم غير المسافر: يوم وليلة، وللمسافر: ثلاثة أيام ولياليهن.
لحديث علي رضي الله عنه:
جعل رسول الله صلى الله عليه وسلم ثلاثة أيام ولياليهن للمسافر، ويومًا وليلة للمقيم.
رواه مسلم.
ޖ: 1. ޠަހާރަތުގެ މަތީގައި، އެބަހީ ވުޟޫކުރުމަށް ފަހު ޚުއްފު ލުމެވެ.
އެއީ އަލްމުޣީރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އަހަރެން ނަބިއްޔާ ﷺ އާއެކު ދަތުރެއްގައި ވީމެވެ. ދެން އެކަލޭގެފާނު (ވުޟޫކުރެއްވިހިނދު) އެކަލޭގެފާނުގެ ޚުއްފު ބާލައިދިނުމަށް އަހަރެން ތިރިވީމެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ:
"އެ ބަހައްޓާށެވެ. ފަހެ ތިމަންކަލޭގެފާނު އެ ދެ ޚުއްފު ލެއްވީ ޠާހިރުކޮށެވެ." ދެން އެކަލޭގެފާނު އޭގެ މަތީގައި ފެންފުހެލެއްވިއެވެ.
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- ޚުއްފު ޠާހިރު އެއްޗަކަށް ވާންޖެހެއެވެ. ފަހެ ނަޖިސް އެއްޗެއްގެ މަތީގައި ފެންފުހުން ހުއްދަވެގެން ނުވެއެވެ.
- އެ ޚުއްފަކީ ވުޟޫކުރާއިރު ދޮންނަން ޖެހޭ ސަރަހައްދު ނިވާވާ އެއްޗަކަށް ވާންޖެހެއެވެ.
- ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޚުއްފުގައި ފެންފުހުމެވެ. އެއީ ރަށުގައި ޤާއިމުވެ ހުރި މީހެއްނަމަ: ރެއަކާއި ދުވާލެކެވެ. ދަތުރުވެރިޔެއްނަމަ: ތިން ރޭ ތިން ދުވާލެވެ.
އެއީ ޢަލީ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ:
"ﷲ ގެ ރަސޫލާ ﷺ (ޚުއްފުގައި ފެންފުހުމުގައި) ދަތުރުވެރިޔާއަށް ތިންދުވަސް އެ ދުވަސްތަކުގެ ރޭގަނޑާއެކު، އަދި ރަށުގައި ޤާއިމުވެ ހުންނަ މީހާއަށް ދުވާލަކާއި ރޭގަނޑެއް ކަނޑައެޅުއްވިއެވެ."
ރިވާކުރެއްވީ މުސްލިމެވެ.