Skip to content

ތަޔައްމުމު ކުރާނީ ކިހިނެއް ހެއްޔެވެ؟

الباب / الفصل
قسم الفقه

السؤال

س9: كيف تتيمم؟

ސ 9: ތަޔައްމުމު ކުރާނީ ކިހިނެއް ހެއްޔެވެ؟

الجواب

ج:بضرب التراب ضربة واحدة بباطن الكفين، ومسح الوجه وظاهر الكفين مرة واحدة.

لقول النبي صلى الله عليه وسلم لعمار بن ياسر رضي الله عنه:

«إنما كان يكفيك هكذا». فضرب النبي صلى الله عليه وسلم بكفيه الأرض ونفخ فيهما، ثم مسح بهما وجهه وكفيه.

رواه البخاري ومسلم.

ޖ: ދެ އަތްތިލައިގެ ބަނޑުފުށުން އެއް ފަހަރު ބިމުގައި ޖަހައިލުމަށްފަހު، މޫނާއި ދެ އަތްތިލައިގެ މަތީގައި އެއް ފަހަރު ފޮހެލާނީއެވެ.

އެއީ ނަބިއްޔާ ﷺ، ޢައްމާރު ބްނު ޔާސިރު رضي الله عنه އަށް ޙަދީޘްކުރެއްވި ބަސްފުޅަށްޓަކައިއެވެ:

"މިގޮތަށް ކަންތައް ކޮށްލައިގެން ތިބާއަށް ފުދޭނެއެވެ." ދެން ނަބިއްޔާ ﷺގެ ދެ އަތްޕުޅުން ބިންމަތީގައި ޖައްސަވާ، ދެން ދެ އަތްޕުޅަށް ފުމެލެއްވުމަށްފަހު، ދެން އެކަލޭގެފާނުގެ މޫނުފުޅާއި ދެ އަތްތިލަފުޅުގައި ފޮހެލެއްވިއެވެ."

ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.