Skip to content

މި އިސްމުފުޅުތައް ޝަރަޙަކުރާށެވެ.

الباب / الفصل
قسم العقيدة

السؤال

س33: اشرح هذه الأسماء.

ސ 33: މި އިސްމުފުޅުތައް ޝަރަޙަކުރާށެވެ.

الجواب

ج:الله: ومعناه الإله المعبود بحق، وحده لا شريك له.

  • الرب: أي الخالق والمالك الرازق والمدبر وحده سُبْحَانَهُ.
  • السميع: الذي وسع سمعه كل شيء، ويسمع كل الأصوات على اختلافها وتنوعها.
  • البصير: الذي يرى كل شيء، ويبصر كل شيء صغر أو كبر.
  • العليم: فهو الذي أحاط علمه بكل شيء بالماضي والحاضر والمستقبل.
  • الرحمن: الذي وسعت رحمته كل مخلوق وحي، فكل العباد والمخلوقات تحت رحمته.
  • الرزاق: الذي عليه رزق جميع المخلوقات من الإنس والجن وجميع الدواب.
  • الحي: الحي الذي لا يموت، وكل الخلق يموتون.
  • العظيم: الذي له الكمال كله والعظمة كلها في أسمائه وصفاته وأفعاله.
  • الحكيم: الذي أحكم خلقه، وأتقنه، وأحسنه، وله الحكمة في خلقه وأمره.
  • والحكمة: وضع الأشياء مواضعها، وتنزيلها منازلها.

ޖ: الله: އޭގެ މާނައަކީ ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހެވެ. އެކަލާނގެ އެއްކައުވަންތައެވެ. އަދި އެކަލާނގެއަށް ބައިވެރިއަކު ނުވެއެވެ.

  • އައްރައްބު: އެއީ ހަމައެކަނި ޚަލްޤުކުރައްވާ، މިލްކުކުރައްވާ، ރިޒްޤުދެއްވާ، ތަދުބީރުކުރައްވާ ފަރާތެވެ.
  • އައްސަމީޢު: އެކަލާނގެ އަޑުއެއްސެވުން ކޮންމެ ކަމެއްގެ މައްޗަށް ތަނަވަސްވެ ފުޅާވެގެންވާ އިލާހެވެ. އަދި އަޑުއަޑުތައް ތަފާތުވެ އެކި ވައްތަރަށްވުމާއެކު އެ އަޑުތައް އައްސަވާ ފަރާތެވެ.
  • އަލްބަޞީރު: ހުރިހާ އެއްޗެއް ދެކެވޮޑިގެންވާ، އަދި ކުދިބޮޑު އެންމެހާ އެއްޗެއް ބައްލަވާވޮޑިގެންވާ ފަރާތެވެ.
  • -އަލްޢަލީމު: ފަހެ އެކަލާނގެއީ، އެކަލާނގެ ޢިލްމުފުޅު މާޒީއާއި މިހާރާއި މުސްތަޤްބަލު ހިމެނޭ ގޮތަށް ހުރިހާ ކަމެއް ވަށާލައިގެންވާ އިލާހެވެ.
  • އައްރަޙްމާނު: އެއީ އެކަލާނގެ ރަޙްމަތް ކޮންމެ މަޚްލޫޤަކަށް އަދި ދިރުންހުރި އެއްޗަކަށް ތަނަވަސްވެގެންވާ އިލާހެވެ. އަދި ހުރިހާ އަޅުތަކުންނާއި މަޚްލޫޤުންވަނީ އެކަލާނގެ ރަޙްމަތުގެ ދަށުގައިއެވެ.
  • އައްރައްޒާޤު: އިންސާނުންނާއި ޖިންނީންނާއި ހުރިހާ ޖަނަވާރުތަކެއް ހިމެނޭ ގޮތަށް ހުރިހާ މަޚްލޫޤުންނަށް ރިޒްޤުދެއްވުމުގެ ޒިންމާ އުފުއްލަވާ ފަރާތެވެ.
  • އަލްޙައްޔު: އަވަހާރަނުވެ ދިރިދެމިވޮޑިގެންވާ އިލާހެވެ. އަދި ހުރިހާ މަޚްލޫޤުން މަރުވެއެވެ.
  • އަލްޢަޡީމް: އެކަލާނގެ ނަންފުޅުތަކާއި، ޞިފަފުޅުތަކާއި، ކުރައްވާ ކަންތަކުގައިވެސް ފުރިހަމަކަން އެކުއެކީ އަދި މަތިވެރިކަން އެކުއެކީ ލިބިވޮޑިގެންވާ އިލާހެވެ.
  • އަލްޙަކީމް: އެކަލާނގެ ޚަލްޤުކުރެއްވުން ފުރިހަމަކުރައްވާ، ރިވެތިކުރެއްވި އިލާހެވެ. އަދި އެކަލާނގެ ޚަލްޤުކުރެއްވުމާއި އަމުރުކުރެއްވުމުގައިވެސް ޙިކްމަތްތެރިކަން ލިބިވޮޑިގެންވެއެވެ.

ޙިކްމަތްތެރިކަމަކީ: ތަކެތި އެ އޮންނަންވާ ތަންތަނަށް ލުމާއި، އެ ހުންނަންޖެހޭ މަޤާމުތަކަށް ލައި ފެއްވުމެވެ.