Skip to content

މުސްލިމް ޢިލްމުވެރިންނާމެދު އަހަރުމެންގެ ވާޖިބަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم العقيدة

السؤال

س٣٤: ما واجبنا تجاه علماء المسلمين؟

ސ 34: މުސްލިމް ޢިލްމުވެރިންނާމެދު އަހަރުމެންގެ ވާޖިބަކީ ކޮބައިހެއްޔެވެ؟

الجواب

ج:نحبهم، ونرجع إليهم في المسائل والنوازل الشرعية، ولا نذكرهم إلا بالجميل، ومن ذكرهم بغير ذلك من السوء؛ فهو على غير السبيل.

  • قال تَعَالَى:

﴿يَرۡفَعِ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمۡ وَٱلَّذِينَ أُوتُواْ ٱلۡعِلۡمَ دَرَجَٰتٖۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ﴾

[المجادلة: ١١].

ޖ: އަހަރުމެން އެބޭފުޅުންދެކެ ލޯބިވަމެވެ. އަދި ޝަރުޢީ މައްސަލަތަކާއި، ދިމާވާ ކަންކަމުގައި އެބޭފުޅުންނަށް ރުޖޫޢަވަމެވެ. އަދި ރިވެތި ރަނގަޅު ގޮތެއްގައި މެނުވީ އަހަރުމެން އެބޭފުޅުންގެ ވާހަކަ ނުދައްކަމެވެ. އެނޫން ނުބައި ގޮތަކަށް އެބޭފުޅުންގެ ނަންގަނެއްޖެ މީހާ؛ ފަހެ އޭނާ އެ ހުރީ ރަނގަޅު މަގަކު ނޫނެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

(ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި ޢިލްމު ދެވިގެންވާ މީހުން، ﷲ ދަރަޖަތަކަކަށް އުފުއްލަވައެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.)

[އަލްމުޖާދަލާ: 11]