Skip to content

ޤުރްއާނުގެ ތަޢުރީފަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم العقيدة

السؤال

س16: ما هو تعريف القرآن؟

ސ 16: ޤުރްއާނުގެ ތަޢުރީފަކީ ކޮބައިހެއްޔެވެ؟

الجواب

ج:هو كلام الله تَعَالَى، ليس بمخلوق.

قال تَعَالَى:

﴿وَإِنْ أَحَدٌ مِنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّى يَسْمَعَ كَلَامَ اللَّهِ﴾

[التوبة: 6].

وروي في الحديث:

«وفضل كلام الله على سائر الكلام كفضل الله على خلقه»

رواه الترمذي.

ޖ: އެއީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. (ވާހަކަފުޅެވެ.) އެއީ މަޚްލޫޤެއް ނޫނެވެ. (ޚަލްޤުކުރެވިގެންވާ އެއްޗެއް ނޫނެވެ.)

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

(އަދި މުޝްރިކުންގެ ތެރެއިން މީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ، ފަހެ އޭނާ ﷲ ގެ ބަސްފުޅު އަހައިފުމަށް ދާންދެން، އެ މީހަކަށް ރައްކާތެރިކަން ދެއްވާށެވެ.)

[އައްތައުބާ: 6]

އަދި ޙަދީޘްގައި ރިވާކުރެވިގެންވެއެވެ:

“އެހެން ހުރިހާ ވާހަކަތަކުގެ މައްޗަށް الله ގެ ވާހަކަފުޅު މަތިވެރިވެގެންވަނީ، ﷲ އެކަލާނގެ ޚަލްޤުތަކުންގެ މައްޗަށް މަތިވެރިވޮޑިގެންވާ ގޮތަށެވެ."

މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.