ބިދުޢައަކީ ކޮބައި ހެއްޔެވެ؟ އަދި އަހަރުމެން ބިދުޢަ ބަލައިގަންނާނޭހެއްޔެވެ؟
- الموضوعات
- التوحيد وحمايتهالبدعة
- التصنيف الشرعي
- العقيدةالبدعةحقيقة البدعة
- الباب / الفصل
- قسم العقيدة
السؤال
س18: ما هي البدعة؟ وهل نقبلها؟
ސ 18: ބިދުޢައަކީ ކޮބައި ހެއްޔެވެ؟ އަދި އަހަރުމެން ބިދުޢަ ބަލައިގަންނާނޭހެއްޔެވެ؟
الجواب
ج:كل ما أحدثه الناس في الدين، ولم يكن على عهد النبي صلى الله عليه وسلم وأصحابه.
- لا نقبلها، ويجب أن نردها.
لقول النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:
«كل بدعة ضلالة»
رواه أبو داود.
- وقوله عليه الصلاة والسلام:
«من عمل عملًا ليس عليه أمرنا فهو رد»
رواه مسلم.
مثالها: الزيادة في العبادة، كالزيادة على الوضوء غسلة رابعة، وكالاحتفال بالمولد النبوي، فلم يرد عن النبي صلى الله عليه وسلم وأصحابه.
ޖ: އެއީ މީސްތަކުންގެ ދީނުގެ ތެރެއަށް އަލަށް އުފައްދާ، ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުންގެ ޒަމާނުގައި ނެތް ކޮންމެ ކަމެކެވެ.
އަހަރުމެން އެ ޤަބޫލެއް ނުކުރަމެވެ. އަދި އަހަރުމެން އެ ރައްދުކޮށް ދެކޮޅުހެދުން ވާޖިބުވެގެންވެއެވެ.
އަދި ނަބިއްޔާ عليه الصلاة والسلام ޙަދީޘްފުޅަށްޓަކައިއެވެ:
"ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ."
ރިވާކުރެއްވީ އަބޫ ދާވޫދެވެ.
އަދި އެކަލޭގެފާނު عليه الصلاة والسلام ގެ މި ބަސްފުޅެވެ:
"އަހަރުމެންގެ ކަންތައް އެ ގޮތަކަށް ނުވާ ގޮތަކަށް ޢަމަލެއްކޮށްފި މީހާ؛ ފަހެ އެ ކަމެއްވަނީ ރައްދުކުރެވިގެންނެވެ."
ރިވާކުރެއްވީ މުސްލިމެވެ.
އޭގެ މިސާލަކީ: އަޅުކަންތަކަށް އިތުރުކުރުމެވެ. މިސާލަކަށް: ވުޟޫކުރުމުގައި ހަތަރުވަނަ ދޮވުމެއް އިތުރުކުރުމެވެ. އަދި ޢީދު މީލާދު ފާހަގަކުރުމެވެ. އެހެނީ ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުންގެ އަރިހުން އެކަން އައިސްފައި ނުވެއެވެ.