ސަވާރުވުމުގެ ދުޢާއަކީ ކޮބައިހެއްޔެވެ؟
- الباب / الفصل
- قسم الأدعية والأذكار
السؤال
س٢٦: ما هو دعاء الركوب؟
ސ 26: ސަވާރުވުމުގެ ދުޢާއަކީ ކޮބައިހެއްޔެވެ؟
الجواب
ج:«بسم الله، والحمد لله ﴿سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ 13 وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ 14﴾ [الزخرف: 13-14]، الحمد لله، الحمد لله، الحمد لله، الله أكبر، الله أكبر، الله أكبر، سبحانك اللهم إني ظلمت نفسي فاغفر لي؛ فإنه لا يغفر الذنوب إلا أنت»
رواه أبو داود والترمذي.
ޖ: «بسم الله، والحمد لله ﴿سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ .وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ.﴾، الحمد لله، الحمد لله، الحمد لله، الله أكبر، الله أكبر، الله أكبر، سبحانك اللهم إني ظلمت نفسي فاغفر لي؛ فإنه لا يغفر الذنوب إلا أنت» މާނައީ: "ﷲ ގެ އިސްމުފުޅުން ސަވާރުވަމެވެ. ﷲ އަށް ޙަމްދުހުއްޓެވެ. "މިސަވާރީ ކިޔަމަންތެރިކުރެވޭ ބަޔެއްކަމުގައި އަޅަމެން ނުވާ ޙާލު މިސަވާރީ އަޅަމެންނަށް ކިޔަމަންތެރިކޮށްދެއްވި ފަރާތުގެ ޙުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެން އެނބުރި ދިޔުންވަނީ އަޅަމެންގެ ރައްބުގެ ޙަޟްރަތަށެވެ." ޙަމްދުހުރީ ﷲ އަށެވެ. ޙަމްދުހުރީ ﷲ އަށެވެ. ޙަމްދުހުރީ ﷲ އަށެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އިބައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ. އޭ ﷲ އެވެ! ހަަމަކަށަވަރުން މިއަޅާގެ ނަފްސަށް އަނިޔާވެރިވެއްޖައީމެވެ. ފަހެ މި އަޅާއަށް ފާފަފުއްސަވާށިއެވެ. ފަހެ ހަމަކަށަވަރުން އިބައިލާހު ފިޔަވައި އެހެން ފަރާތެއް ފާފަ ނުފުއްސަވައެވެ."
ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއެވެ.