Skip to content

ރަމަޟާން މަސް ނޫން އެހެން ދުވަސްތަކުގައި ސުންނަތް ރޯދަ ހިފުމުގައި ހުރި މާތްކަމަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم الفقه

السؤال

س40: ما فضل صيام التطوع في غير رمضان؟

ސ 40: ރަމަޟާން މަސް ނޫން އެހެން ދުވަސްތަކުގައި ސުންނަތް ރޯދަ ހިފުމުގައި ހުރި މާތްކަމަކީ ކޮބައިހެއްޔެވެ؟

الجواب

ج:عن أبي سعيد الخدري رَضِيَ اللَّهُ عَنْهُ قال: قال رسول الله ﷺ:

«ما من عبد يصوم يومًا في سبيل الله، إلا باعد الله بذلك اليوم وجهه عن النار سبعين خريفًا»

متفق عليه.

  • معنى «سبعين خريفًا»؛ أي: سبعين سنة.

ޖ: އަބޫ ސަޢީދު އަލްޚުދްރިއްޔު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:

"އެއްވެސް އަޅަކު ﷲ ގެ މަގުގައި ދުވަހެއްގައި ރޯދައެއް ހިފާނަމަ؛ އެ ދުވަހުގެ ސަބަބުން އޭނާގެ މޫނު ނަރަކަޔާ ހަތްދިހަ ޚަރީފުގެ ރާސްތާއަށް ﷲ ދުރުނުކުރައްވާ ނުވެއެވެ."

މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

  • ހަތްދިހަ ޚަރީފުގެ މާނައަކީ: ހަތްދިހަ އަހަރެވެ.