Skip to content

އަހަރުމެން އިސްލާމީ އަޚްލާޤުގައި ހިފަހައްޓަނީ ކީއްވެހެއްޔެވެ؟

الباب / الفصل
قسم الأخلاق

السؤال

س٢: لماذا نلتزم الأخلاق الإسلامية؟

ސ 2: އަހަރުމެން އިސްލާމީ އަޚްލާޤުގައި ހިފަހައްޓަނީ ކީއްވެހެއްޔެވެ؟

الجواب

ج:١. لأنها سبب لمحبة الله تَعَالَى.

في الحديث:

«أَحَبُّ عبادِ اللهِ إلى اللهِ تعالى قال أَحسنُهم خُلُقًا»

رواه الحاكم والطبراني.

  1. وسبب لمحبة الخلق.
  2. وهي أثقل شيء في الميزان.
  • في الحديث:

«أَثْقَلُ شَيْءٍ فِي الْمِيزَانِ يَوْمَ الْقِيَامَةِ خُلُقٌ حَسَنٌ»

رواه أبو داود والترمذي.

  1. وتضاعف الأجر والثواب بحسن الخلق.

«إِنَّ الْمُؤْمِنَ يُدْرِكُ بِحُسْنِ خُلُقِهِ دَرَجَاتِ قَائِمِ اللَّيْلِ صَائِمِ النَّهَارِ»

رواه أحمد.

  1. وعلامة على كمال الإيمان.

«أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا»

ޖ: 1. އެހެނީ އެއީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭ ސަބަބެކެވެ.

ޙަދީޘްގައިވެއެވެ:

"ﷲ ގެ އަޅުތަކުންގެ ތެރެއިން ﷲ ތަޢާލާއަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މީހަކީ -ޙަދީޘްކުރެއްވިއެވެ- އެމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ."

ރިވާކުރެއްވީ އަލްޙާކިމު އަދި އައްޠަބަރާނީއެވެ.

  1. އަދި ޚަލްޤުތަކުންގެވެސް ލޯބި ލިބޭ ސަބަބެކެވެ.
  2. އަދި އެއީ މީޒާނުގައި އެންމެ ބަރު އެއްޗެވެ.

“ޤިޔާމަތް ދުވަހު ތިލަފަތުގައި އެންމެ ބަރުވެގެންވާ އެއްޗަކީ ރަނގަޅު ރިވެތި އަޚްލާޤެވެ."

ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއެވެ.

  1. ރިވެތި އަޚްލާޤުގެ ސަބަބުން އަޖުރާއި ޘަވާބު އިތުރުވެގެންދެއެވެ.

“ހަމަކަށަވަރުން މުއުމިނާއަށް ރިވެތި އަޚްލާޤުގެ ސަބަބުން، ރޭ އަޅުކަންކުރުމުގައި ހުރެ، ދުވާލު ރޯދަ ހިފާ މީހާގެ ދަރަޖަތައް ހޯދެއެވެ."

ރިވާކުރެއްވީ އަޙުމަދެވެ.

  1. އަދި އެއީ އީމާންކަން ފުރިހަމަވެގެންވާކަމުގެ ޢަލާމާތެކެވެ.

«أكمل المؤمنين إيمانًا: أحسنهم خلقًا» "މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވަނީ؛ އެމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ."