Skip to content

އަހުލުއްސުންނާ ވަލްޖަމާޢަތަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم العقيدة

السؤال

س42: من هم أهل السنة والجماعة؟

ސ 42: އަހުލުއްސުންނާ ވަލްޖަމާޢަތަކީ ކޮބައިހެއްޔެވެ؟

الجواب

ج:هم من كان على مثل ما كان عليه النبي صلى الله عليه وسلم وأصحابه في القول والعمل والاعتقاد.

  • وسموا أهل السنة: لاتباعهم سنة النبي صلى الله عليه وسلم، وترك الابتداع.
  • والجماعة: لأنهم اجتمعوا على الحق ولم يتفرقوا فيه.
  • قال عليه الصلاة والسلام:

«إن بني إسرائيل تفرقت على ثنتين وسبعين ملة، وتفترق أمتي على ثلاث وسبعين ملة، كلهم في النار، إلا ملة واحدة». قالوا: ومن هي يا رسول الله ؟ قال: «ما أنا عليه وأصحابي»

رواه الترمذي.

ޖ: އެއީ ބަހާއި ޢަމަލާއި ޢަޤީދާގައި ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން ތިއްބެވި ގޮތަށް ތިބި މީހުންނެވެ.

އެބައިމީހުންނަށް އަހުލުއް ސުންނާ (ސުންނަތުގެ އަހުލުވެރިންނޭ) ކިޔުނީ: ނަބިއްޔާ ﷺގެ ސުންނަތަށް އެމީހުން ތަބަޢަވެ، އަދި ބިދުޢަ އުފެއްދުން ދޫކޮށްލުމުންނެވެ.

އަދި ޖަމާޢަތޭ ކިޔުނީ: އެމީހުން ޙައްޤުގެ މައްޗަށް ޖަމަޢަވެ އެއްބައިވެ، އަދި ބައިބައިވެގެން ނުވާތީއެވެ.

އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:

"ބަނީ އިސްރާއީލު މީހުން ހަތްދިހަ ދެ މިއްލަތަށް ބައިބައިވެގެންދިޔައެވެ. އަދިތިމަންކަލޭގެފާނުގެ އުއްމަތް ހަތްދިހަ ތިން މިއްލަތަށް ބައިބައިވެގެންދާނެއެވެ. އެންމެ މިއްލަތެއް ފިޔަވައި އެ ހުރިހާ އެންމެންވެސްވަނީ ނަރަކާގައިއެވެ." އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކޮން ޖަމާޢަތެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަޞްޙާބުން އެކަންތަކެއްގެ މަތީގައި މި ތިއްބެވި ކަންތަކުގެ މަތީގައި ތިބި މީހުންނެވެ."

މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.