ދުޢާކުރުމުގެ މުހިއްމުކަމަކީ ކޮބައިހެއްޔެވެ؟
- الباب / الفصل
- قسم المنوعات
السؤال
س۲۰: ما أهمية الدعاء؟
ސ 20: ދުޢާކުރުމުގެ މުހިއްމުކަމަކީ ކޮބައިހެއްޔެވެ؟
الجواب
ج:الدعاء هو من أعظم الطاعات وأجل القربات.
- قال تعالى:
﴿وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِي سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ﴾
[غافر: ٦٠].
- وقال النبي صلى الله عليه وسلم:
«الدعاء هو العبادة»
رواه أبو داود والترمذي وابن ماجه.
ޖ: ދުޢާކުރުމަކީ ކިޔަމަންތެރިކަމުގެ އެންމެ މަތިވެރި އެއް ޢަމަލެވެ. އަދި އެންމެ ޤަދަރުވެރި ކުއްތަންކޮށްދޭ އެއް ކަންތަކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ތިޔަބައިމީހުންގެ ވެރި ރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންއިލާހަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.)
[ޣާފިރު: 60]
އަދިވެސް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
"ދުޢާއަކީ އެއީ އަޅުކަމެވެ."
ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއާއި އިބްނު މާޖާއެވެ.