Skip to content

އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ޚުލްޤަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم الأخلاق

السؤال

س١٢: ما هو خلق التعاون؟

ސ 12: އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ޚުލްޤަކީ ކޮބައިހެއްޔެވެ؟

الجواب

ج:هو تعاون الناس فيما بينهم على الحق والخير.

صور التعاون:

  • التعاون في رد الحقوق.
  • التعاون في رد الظالم.
  • التعاون في سد حاجات الناس والمساكين.
  • التعاون على كل خير.
  • عدم التعاون على الإثم والأذى والعدوان.
  • قال تَعَالَى:

﴿وَتَعَاوَنُواْ عَلَى ٱلۡبِرِّ وَٱلتَّقۡوَىٰۖ وَلَا تَعَاوَنُواْ عَلَى ٱلۡإِثۡمِ وَٱلۡعُدۡوَٰنِۚ وَٱتَّقُواْ ٱللَّهَۖ إِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ﴾

[المائدة: ٢].

  • قال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:

«المُؤْمِنُ لِلْمُؤْمِنِ كالْبُنْيانِ؛ يَشُدُّ بَعْضُه بَعْضًا»

متفق عليه.

  • وقال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:

«المُسْلِمُ أَخُو المُسْلِمِ، لا يَظلِمُه، ولا يُسْلِمُه، ومَن كان في حاجةِ أَخِيهِ، كان اللهُ في حاجَتِه، ومَن فَرَّجَ عن مُسْلِمٍ كُرْبَةً، فَرَّجَ اللهُ عَنهُ كُرْبَةً مِن كُرُباتِ يَومِ القِيامةِ، ومَن سَتَرَ مُسْلِمًا، سَتَرَهُ اللهُ يَومَ القِيامةِ»

ޖ: އެއީ ޙައްޤާއި ހެޔޮ ރަނގަޅު ކަންކަމުގެ މައްޗަށް މީސްތަކުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވެ އެއްބާރުލުން ދިނުމެވެ.

އެއްބާރުލުން ދިނުމުގެ ވައްތަރުތައް:

  • ޙައްޤުތައް (އޭގެ އަހުލުވެރިން) ފޯރުކޮށްދިނުމުގައި އެއްބާރުލުމާއި އެހީތެރިކަން ދިނުން.
  • އަނިޔާވެރިޔާ ރައްދުކޮށް ހުއްޓުވުމުގައި އެއްބާރުލުން.
  • މީސްތަކުންނާއި މިސްކީނުންގެ ޙާޖަތްތައް ފުއްދައިދިނުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ އެއްބާރުލުން.
  • ހެޔޮކަމުގެ މައްޗަށް އެއްބާރުލާ އެހީތެރިވުން.
  • ފާފައާއި ގެއްލުމާއި އަނިޔާވެރިކަމުގެ މައްޗަށް އެހީވެ އެއްބާރުލުން ނުދިނުން.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

(އަދި ހެޔޮކަންތައް ކުރުމާއި، ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ. އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ ޢުޤޫބާތް ގަދަފަދަ ވެގެންވާ އިލާހެވެ.)

[އަލްމާއިދާ : 6]

ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:

“މުއުމިނާ އަނެއް މުއުމިނާއަށްވަނީ ބިނާއެއް ފަދައިންނެވެ. އޭގެ އެއްބައި އަނެއްބައި ވަރުގަދަކޮށްދެއެވެ."

މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

އަދި ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:

"މުސްލިމާއަކީ އަނެއް މުސްލިމްމީހާގެ އަޚާއެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާ ނުކުރާނެއެވެ. އަދި އޭނާ އޭނާގެ އަޚާ ޢަދާވާތްތެރީންގެ އަތްމައްޗަށް ދޫކޮށް ނުލާނެއެވެ. ތިމާގެ އަޚާގެ ޙާޖަތް ފުއްދާ ދިނުމުގައި ހުންނަ މީހާގެ ޙާޖަތް ފުއްދާ ދެއްވުމުގައި الله ދެމިވޮޑިގަންނަވާނެއެވެ. އަދި މުސްލިމެއްގެ ކިބައިން މުޞީބާތެއް ދުރުކޮށްދީފި މީހަކުގެ ކިބައިން، ﷲ ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ދުރުކޮށް ދެއްވާނެއެވެ. މުސްލިމެއް ފަރުދާކޮށްދީ (އޭނާގެ ސިއްރު ފޮރުވާދީފި) މީހާ؛ ﷲ ޤިޔާމަތްދުވަހު އޭނާ ފަރުދާކޮށްދެއްވާނެއެވެ. (ޢައިބުތައް ފޮރުވާދެއްވާނެއެވެ.)"