އީމާންކަމުގެ ރުކުންތަކަކީ ކޮބައިހެއްޔެވެ؟
- الموضوعات
- الإيمانالإيمان بالله تعالىالإيمانالإيمان بالملائكةالإيمانالإيمان بالكتب السماويةالإيمانالإيمان بالرسل عليهم السلام
- التصنيف الشرعي
- العقيدةالإيمان بالله عز وجلالعقيدةالإيمان بالملائكةالعقيدةالإيمان بالكتبالعقيدةالإيمان بالرسل
- الباب / الفصل
- قسم العقيدة
السؤال
س14: ما أركان الإيمان؟
ސ 14: އީމާންކަމުގެ ރުކުންތަކަކީ ކޮބައިހެއްޔެވެ؟
الجواب
ج:أركان الإيمان ستة:
- الإيمان بالله تَعَالَى.
- وملائكته.
- وكتبه.
- ورسله.
- واليوم الآخر.
- والقدر خيره وشره.
والدليل: حديث جبريل المشهور عند مسلم، قَالَ جبريل للنبي صَلَّىٰ اللهُ عَلَيْهِ وَسَلَّمَ:
«فَأَخْبِرْنِي عَنِ الْإِيمَانِ، قَالَ: أَنْ تُؤْمِنَ بِاللهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ».
ޖ: އީމާންކަމުގެ ރުކުންތައް ހައެކެވެ:
- މާތް الله އަށް އީމާންވުން.
- އެކަލާނގެ މަލާއިކަތުންނަށް އީމާންވުން.
- އެކަލާނގެ ފޮތްތަކަށް އީމާންވުން.
- އެކަލާނގެ ރަސޫލުންނަށް އީމާންވުން.
- އާޚިރަތް ދުވަހަށް އީމާންވުން.
- ޤަދަރަށް، އޭގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން.
ދަލީލަކީ: މުސްލިމު ރިވާކުރައްވާފައިވާ ޖިބްރީލުގެ މަޝްހޫރު ޙަދީޘެވެ. ޖިބްރީލުގެފާނު ނަބިއްޔާ ﷺ އަށް ވިދާޅުވިއެވެ:
"އީމާންކަމަކީ ކޮބައިކަން ނިކަން އަހަރެންނަށް ޚަބަރުދެއްވާ ބަލާށެވެ." ޙަދީޘްކުރެއްވިއެވެ: "ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށް ތިބާ އީމާންވުމާއި، ޤަޟާޤަދަރަށް -އޭގެ ހެޔޮމިންވަރާއި ނުބައި މިންވަރަށްވެސް- އީމާންވުމެވެ."