Skip to content

އޭނާގެ އެސްފީނާ ޖެހިދާނޭކަމަށް ބިރުހީވާ މީހަކަށް ކޮށްދޭނެ ދުޢާއަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم الأدعية والأذكار

السؤال

س٤٢: ما الدعاء لمن خشي أن يصيب شيئًا بعينه؟

ސ 42: އޭނާގެ އެސްފީނާ ޖެހިދާނޭކަމަށް ބިރުހީވާ މީހަކަށް ކޮށްދޭނެ ދުޢާއަކީ ކޮބައިހެއްޔެވެ؟

الجواب

ج:في الحديث:

«إذا رأى أحدكم من أخيه أو من نفسه، أو من ماله ما يعجبه، [فليدع له بالبركة] فإن العين حق»

رواه أحمد وابن ماجه وغيرهما.

ޖ: ޙަދީޘްގައިވެއެވެ:

“ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާއާމެދު، ނުވަތަ އަމިއްލަ ނަފްސާމެދު، ނުވަތަ އޭނާގެ މުދަލާމެދު ކަމުދާ ކަމެއް ފެނިއްޖެނަމަ، ފަހެ [ބަރަކާތްލެއްވުން އެދި އޭނާއަށް ދުޢާކުރާހުށިކަމެވެ]. ފަހެ ހަމަކަށަވަރުން އެސްފީނާއަކީ ޙަޤީޤަތެކެވެ."

ރިވާކުރެއްވީ އަޙްމަދު އަދި އިބްނު މާޖާއާއި އެހެން ބޭކަލުންނެވެ.