Skip to content

ނަމާދުގެ މާތްކަމަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم الفقه

السؤال

س١٦: ما فضل الصلاة؟

ސ 16: ނަމާދުގެ މާތްކަމަކީ ކޮބައިހެއްޔެވެ؟

الجواب

ج:عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال:

«أرأيتم لو أن نهرًا بباب أحدكم يغتسل منه كل يوم خمس مرات، هل يبقى من درنه شيء». قالوا: لا يبقى من درنه شيء. قال: «فذلك مثل الصلوات الخمس يمحو الله بهن الخطايا»

متفق عليه.

  • الدرن: الوسخ.

ޖ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:

"ނިކަން ބުނެބަލާށެވެ. ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ދޮރުމަތީގައި އޮއިދެމޭ ކޯރެއް އޮވެފައި އެ ފެންގަނޑުން އެމީހާ ކޮންމެ ދުވަހަކު ފަސްފަހަރު ފެންވަރާނަމަ؛ އެމީހެއްގެ ހަށިގަނޑުގައި އެއްވެސްކަހަލަ މިލައެއް ހުންނާނެހެއްޔެވެ؟" އެބޭކަލުން ދެންނެވިއެވެ: "އެއްވެސް މިލައެއް ނުހުންނާނެއެވެ." ޙަދީޘްކުރެއްވިއެވެ: "ފަރުޟު ފަސް ނަމާދުވެސްވަނީ ފަހެ އެފަދައިންނެވެ. އެ ނަމާދުތަކުގެ ސަބަބުން ﷲ ކުށް ފާފަތައް ފޮހެލައްވަތެވެ."

މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

(ޙަދީޘްގައިވާ) 'ދަރަނު' އަކީ: މިލައާއި ހަޑިކަމެވެ.