Skip to content
2 Hadiths

Encyclopedia of Prophetic Hadiths

Filter results

2 cards

"ހަމަކަށަވަރުން ﷲ ހެޔޮކަންކަމާއި ނުބައިކަންކަން ލިޔުއްވާފައި ދެން އެކަންކަން ބަޔާންކުރެއްވިއެވެ. ދެންފަހެ ހެޔޮކަމެއްކުރަން ޤަޞްދުކޮށްފައި ދެން އެކަމެއް ނުކޮށްފި މީހާ، ފަހެ ﷲ ގެ ޙަޟްރަތުގައި އެއީ ފުރިހަމަ ހެޔޮކަމެއްގެ ގޮތުގައި ލިޔުއްވާނެއެވެ. އަދި އޭނާ އެކަމަށް ޤަޞްދުކޮށްފައި ދެން އެކަމެއް ކޮށްފިނަމަ؛ ﷲ ގެ ޙަޟްރަތުގައި، އެކަންތައް ދިހަ ހެޔޮކަމުން ގޮސް ހަތްސަތޭކަ ގުނައިން ގޮސް އެތައް ގުނައަކަށް ލިޔުއްވާނެއެވެ. އަދި ނުބައިކަމެއް ކުރަން ޤަޞްދުކޮށް ވިސްނާ، ދެން އެކަމެއް ނުކޮށްފި މީހާއަށް ﷲ ގެ ޙަޟްރަތުގައި ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި އޭނާ އެކަމަށް ޤަޞްދުކޮށްފައި އެކަން ކޮށްފިނަމަ؛ ﷲ އެކަން އެއީ ނުބައި އެންމެ ކަމެއްގެ ގޮތުގައި ލިޔުއްވައެވެ."
ޞަޙީޙް ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމް އެ ދެބޭކަލުންގެ ޞަޙީޙުގައި މި ލަފްޒުތަކުންނެވެ.
ﷲ ގެ ރަސޫލާ ﷺ އަހަރުމެންނަށް ޙަދީޘްކުރެއްވިއެވެ -އެކަލޭގެފާނީ ތެދުކުރެވިގެންވާ ތެދުވެރި ކަލޭގެފާނެވެ-: «ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކުގެ ޚަލްޤު އޭނާގެ މަންމަގެ ބަނޑުގައި ސާޅީސް ދުވަހަށް ޖަމަޢަކުރެވެއެވެ. ދެން ގަނޑުލޭކޮޅެއްގެ ގޮތުގައި ހަމަ އެފަދައިންވެއެވެ. ދެން މަސްކޮޅެއްގެ ގޮތުގައި ހަމަ އެފަދައިންވެއެވެ. ދެން އޭނާގެ ގާތަށް މަލާއިކަތާ ފޮނުއްވި، ފަހެ އޭނާގެ ގަޔަށް ރޫޙުން ފުމެލައްވާ (ފުރާނަ އަޅުއްވައެވެ). އަދި ހަތަރު ކަލިމައެއް ލިޔުއްވުމަށް އަމުރުކުރެއްވޭނެއެވެ: އެއީ އޭނާގެ ރިޒްޤާއި، އޭނާގެ އަޖަލާއި، އޭނާގެ ޢަމަލާއި، ބާއްޖަވެރިއެއްތޯ ނުވަތަ އަބާއްޖަވެރިއެއްތޯ ލިޔުއްވުމަށެވެ. ފަހެ އެ އިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާ އިލާހު ގަންދީ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލުން ޢަމަލުކޮށްފާނެއެވެ. އެހެންގޮސް އޭނާއާއި ސުވަރުގެއާ ދެމެދު މުށެއްހާ ތަން މެނުވީ ނުވެއްޖައުމަށް ދާންދެނެވެ. ދެން ލިޔެވިފައިވާ ގޮތް އޭނާގެ މައްޗަށް އިސްވެގޮސް، ދެން ނަރަކައިގެ އަހުލުވެރިންގެ ޢަމަލުކޮށް ނަރަކައަށް އޭނާ ވަދެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު ނަރަކައިގެ އަހުލުވެރިންގެ ޢަމަލުކޮށްފާނެއެވެ. އެހެންގޮސް އޭނާއާއި ނަރަކައާ ދެމެދު މުށެއްހާ ތަން މެނުވީ ނުވެއްޖައުމަށް ދާންދެނެވެ. ދެން ލިޔެވިފައިވާ ގޮތް އޭނާގެ މައްޗަށް އިސްވެގޮސް، ދެން ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލުކޮށް އޭނާ ސުވަރުގެއަށް ވަދެއެވެ.»
ޞަޙީޙް ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.