ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކުގެ ޚަލްޤުކުރެއްވުން އޭނާގެ މަންމަގެ ބަނޑުގައި ސާޅީސް ދުވަސް ތެރޭގައި ޖަމަޢަކުރެވެއެވެ.
އަބޫ ޢަބްދުރަޙްމާން ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ:
ﷲ ގެ ރަސޫލާ ﷺ އަހަރުމެންނަށް ޙަދީޘްކުރެއްވިއެވެ -އެކަލޭގެފާނީ ތެދުކުރެވިގެންވާ ތެދުވެރި ކަލޭގެފާނެވެ-: «ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކުގެ ޚަލްޤު އޭނާގެ މަންމަގެ ބަނޑުގައި ސާޅީސް ދުވަހަށް ޖަމަޢަކުރެވެއެވެ. ދެން ގަނޑުލޭކޮޅެއްގެ ގޮތުގައި ހަމަ އެފަދައިންވެއެވެ. ދެން މަސްކޮޅެއްގެ ގޮތުގައި ހަމަ އެފަދައިންވެއެވެ. ދެން އޭނާގެ ގާތަށް މަލާއިކަތާ ފޮނުއްވި، ފަހެ އޭނާގެ ގަޔަށް ރޫޙުން ފުމެލައްވާ (ފުރާނަ އަޅުއްވައެވެ). އަދި ހަތަރު ކަލިމައެއް ލިޔުއްވުމަށް އަމުރުކުރެއްވޭނެއެވެ: އެއީ އޭނާގެ ރިޒްޤާއި، އޭނާގެ އަޖަލާއި، އޭނާގެ ޢަމަލާއި، ބާއްޖަވެރިއެއްތޯ ނުވަތަ އަބާއްޖަވެރިއެއްތޯ ލިޔުއްވުމަށެވެ. ފަހެ އެ އިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާ އިލާހު ގަންދީ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލުން ޢަމަލުކޮށްފާނެއެވެ. އެހެންގޮސް އޭނާއާއި ސުވަރުގެއާ ދެމެދު މުށެއްހާ ތަން މެނުވީ ނުވެއްޖައުމަށް ދާންދެނެވެ. ދެން ލިޔެވިފައިވާ ގޮތް އޭނާގެ މައްޗަށް އިސްވެގޮސް، ދެން ނަރަކައިގެ އަހުލުވެރިންގެ ޢަމަލުކޮށް ނަރަކައަށް އޭނާ ވަދެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު ނަރަކައިގެ އަހުލުވެރިންގެ ޢަމަލުކޮށްފާނެއެވެ. އެހެންގޮސް އޭނާއާއި ނަރަކައާ ދެމެދު މުށެއްހާ ތަން މެނުވީ ނުވެއްޖައުމަށް ދާންދެނެވެ. ދެން ލިޔެވިފައިވާ ގޮތް އޭނާގެ މައްޗަށް އިސްވެގޮސް، ދެން ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލުކޮށް އޭނާ ސުވަރުގެއަށް ވަދެއެވެ.»
حَدَّثَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ الصَّادِقُ المَصْدُوقُ: «إِنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يُرْسَلُ إلَيْهِ المَلَكُ فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأَجَلِهِ، وَعَمَلِهِ، وَشَقِيٍّ أَوْ سَعِيدٍ؛ فَوَالَّذِي لَا إلَهَ غَيْرُهُ إنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ الجَنَّةِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُهَا، وَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ، فَيَسْبِقُ عَلَيْهِ الكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الجَنَّةِ فَيَدْخُلُهَا».
އިބްނު މަސްޢޫދު ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ އަހަރުމެންނަށް ޙަދީޘްކުރެއްވިއެވެ. -އެކަލޭގެފާނީ އެކަލޭގެފާނުގެ ބަސްފުޅުގައި ތެދުވެރިވެގެންވާ، އަދި ﷲ ތަޢާލާ އެކަލޭގެފާނު ތެދުކުރައްވާފައިވުމުން، ތެދުކުރެވިގެންވާ ކަލޭގެފާނެވެ- ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންކުރެ މީހެއްގެ ޚަލްޤު ޖަމަޢަކުރެވެއެވެ." އެއީ މީހާ އޭނާގެ އަނބިމީހާއާ ޖިމާޢުވެއްޖެނަމަ؛ ދެން ބައިބަޔަށްވާ އޭނާގެ މަނިފޮދު، އަންހެނާގެ ބަނޑުގައި ސާޅީސް ދުވަސް ތެރޭގައި މަނި ތިއްކެއްގެ ގޮތުގައި ޖަމަޢަކުރެވެއެވެ. ދެން ގަނޑުލޭކޮޅެއްގެ ގޮތުގައިވެއެވެ. އެއީ ގަނޑުވެފައިވާ ބޯ ލެޔެކެވެ. އަދި މިކަންވަނީ ދެވަނަ ސާޅީހުގައެވެ. ދެން މަސްކޮޅެއްގެ ގޮތުގައިވެއެވެ. އެއީ ހަފާލެވޭހާ މިންވަރުގެ މަސްކޮޅެކެވެ. އަދި މިކަންވަނީ ތިންވަނަ ސާޅީހުގައެވެ. ދެން ﷲ އޭނާގެ ގާތަށް މަލާއިކަތާ ފޮނުއްވައެވެ. ދެން ތިންވަނަ ސާޅީސް ނިމުމަށްފަހު އޭނާގެ ގައިގައި ފުރާނަ އެޅުއްވޭނެއެވެ. އަދި ހަތަރު ކަލިމައެއް ލިޔުމަށް މަލާއިކަތާއަށް އަމުރުކުރެވެއެވެ. އެއީ: އޭނާގެ ރިޒްޤާއި، -އެއީ އޭނާގެ ޢުމުރުގައި ނިޢުމަތްތަކުގެ ތެރެއިން އޭނާއަށް ލިބޭނެ މިންވަރެވެ- އަދި އޭނާގެ އަޖަލާއި، -އެއީ އޭނާ ދުނިޔޭގައި ދެމިހުންނާނެ މުއްދަތެވެ- އަދި އޭނާގެ ޢަމަލަކީ ކޮބައިކަމާއި، އަދި ބާއްޖަވެރިއެއްތޯ ނުވަތަ އަބާއްޖަވެރިއެއްތޯއެވެ. ދެން ނަބިއްޔާ ﷺ ހުވާކުރައްވާ އެންގެވީ: މީހަކު ސުވަރުގޭގެ ޢަމަލުކޮށް، އޭނާގެ ޢަމަލުވެސް ހެޔޮކޮށްވެދާނެއެވެ. އެބަހީ: މީސްތަކުންނަށް ބޭރުފުށުން ފެންނަ ގޮތުގައި ހެޔޮކޮށެވެ. އަދި ސުވަރުގެއާ އޭނާއާ ދެމެދު މުށެއްހާތަން މެނުވީ ނުވެއްޖައުމަށް ދާންދެން އޭނާ އެގޮތުގައި ހުރެއެވެ. އެބަހީ: މީހަކު ބިމުގެ ވަކި ތަނަކަށް ފޯރަން މުށެއްހާތަން މެނުވީ ބާކީ ނުވެ ވާގޮތަށް ސުވަރުގެއަށް އޭނާ ފޯރުމަށްވެސް އެގޮތަށް މެނުވީ ބާކީ ނެތްހާ ހިސާބަށެވެ. ދެން ލިޔެވިފައިވާ ގޮތާއި، އޭނާގެ މައްޗަށް ޤަދަރުގައި މިންވަރުކުރެވިފައިވާ ގޮތް ގަދަވެގަނެ، އެހިނދުން އޭނާ ނަރަކައިގެ އަހުލުވެރިންގެ ޢަމަލުން ޢަމަލުކޮށް އެގޮތުގައި އޭނާ ނިމިގޮސް ދެން ނަރަކައަށް ވަދެއެވެ. އެހެނީ އޭނާގެ ޢަމަލު ޤަބޫލުކުރެއްވުމުގެ ޝަރުޠަކީ އޭގެ މަތީ ޘާބިތުވެހުރުމާއި ބަދަލުނުކުރުމެވެ. އަދި މީސްތަކުންކުރެ އެހެން މީހަކު ނަރަކައިގެ އަހުލުވެރިންގެ ޢަމަލުތައް ކޮށްފާނެއެވެ. އެހެންގޮސް އޭނާ ނަރަކައަށް ވަނުމާ ގާތްވެއްޖައުމަށް ދާންދެނެވެ. އަދި ނަރަކައާއި އޭނާއާ ދެމެދު ބިމުގެ މުށެއްހާތަން ވާފަދައިންނެވެ. ދެން ލިޔެވިފައިވާ ގޮތާއި، އޭނާގެ މައްޗަށް ޤަދަރުގައި މިންވަރުކުރެވިފައިވާ ގޮތް ގަދަވެގަނެ، ފަހެ ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލުކޮށް އެގޮތުގައި އޭނާ ނިމިގޮސް ދެން ސުވަރުގެއަށް ވަދެއެވެ.
އިންސާނާ ހެއްދެވުމުގެ މަރުޙަލާތައް ބަޔާންވުމެވެ.
ޤަޟާޤަދަރަށް އީމާންވުމެވެ.
ނުބައި ނިމުމަކަށް ބިރުވެތިވުމާއި، މަރުވުމާ ހަމައަށް ޘާބިތުކޮށްދެއްވުމަށް އެދި ﷲ އަށް ދެންނެވުމަށް ބާރުއެޅިގެންވުމެވެ.
ޢަމަލުތަކުގެ ބޭރުފުށުގެ ޞޫރަތަކަށް ހެއްލުންތެރިވެ ކެހީގައި ޖެހިގެން ދިޔުމާމެދު އިންޛާރުކުރެވުމެވެ. އެހެނީ ހަމަކަށަވަރުން ޢަމަލުތައް ވާކަން ކަށަވަރީ ނިންމުންތައް ހުރި ގޮތެއްގެ މައްޗަށެވެ.
މި ޙަދީޘްވަނީ އިޚްލާޞްތެރިކަމާއި އީމާންކަމާއެކު ޢަމަލުނުކުރާ މީހާގެ ޙައްޤުގައެވެ. ކިއެއްތަ، ހަމައެކަނި މީސްތަކުންނަށް ފެންނަފެނުމުގައި އޭނާ ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލުކުރަނީއެވެ. ދެންފަހެ ޙަޤީޤަތުގައިވެސް އިޚްލާޞްތެރިކަމާއި އީމާންކަމާއެކު، ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލުކުރާ މީހާ ދަންނައެވެ! ފަހެ އޭނާގެ ޢުމުރު ނިމުމުގައި އޭނާ ނިކަމެތިކޮށްލެއްވުމަށްވުރެ، ﷲ ތަޢާލާގެ ޢަދުލުވެރިކަމާއި، ދީލަތިވަންތަކަމާއި، ރަޙުމްވަންތަކަން މާ ބޮޑުވެގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ وَيُضِلُّ اللَّهُ الظَّالِمِينَ وَيَفْعَلُ اللَّهُ مَا يَشَاءُ} މާނައީ: "ﷲ، އީމާންވި މީހުން، ޘާބިތުވެގެންވާ ބަސްފުޅު މެދުވެރިކޮށް، ދުނިޔޭގެ ޙަޔާތުގައްޔާއި، އާޚިރަތުގައި ޘާބިތުކުރައްވަތެވެ. އަދި ﷲ، އަނިޔާވެރިން މަގުފުރައްދަވަތެވެ. އަދި ﷲ، އެ އިލާހު އެދިވޮޑިގަންނަވާ ކަމެއް ކުރައްވަތެވެ."
ޞަޙީޙުލް-ބުޚާރީ (9/ 135) (7454).
(4/ 111) (3208).
ޞަޙީޙު މުސްލިމް (4/ 2036) (2643).
އިތުރަށް (2)
عمدة القاري شرح صحيح البخاري (15/ 130).
شرح الأربعين النووية للعثيمين (ص: 84).
Cited in books
5 Booksއިތުރަށް (5)
- التسليم للنص الشرعي والمعارضات الفكرية المعاصرة02 التسليم للنص الشرعي - من المبحث الثالث الفصل الأول حتى المبحث الثاني الفصل الثاني"إن أحدكم ليعمل بعمل أهل الجنة."
- سبعون سؤالا في أحكام الجنائر1كما يدلّ عليه حديث ابن مسعودٍ رضي الله عنه، قال: حدثنا رسول الله صلى الله عليه وسلم -وهو الصادق المصدوق- فقال: «إن أحدكم يجمع خلقه في بطن أمّه أربعين يومًا نطفةً، ثم يكون علقةً مثل ذلك، ثم يكون مضغةً مثل ذلك، ثم يرسل إليه الملك، فينفخ فيه ا
- شرح الأربعين النووية«إنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يُرْسَلُ إلَيْهِ الْمَلَكُ فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَا
- مجموعة زاد الحديث (1)الحديث 1«ثُمَّ يُرْسَلُ إِلَيْهِ المَلَكُ فَيَنْفُخُ فِيْهِ الرُّوْحَ»
- موسوعة الإيمان«إِنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يَبْعَثُ اللَّهُ مَلَكًا فَيُؤْمَرُ بِأَرْبَعِ كَلِمَاتٍ، وَيُقَالُ لَهُ: اكْتُبْ